ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ ބަލީގައި މަރުވާ މީހުން އިތުރުވެދާނެ ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ހަބަރު ފީތާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ރިވައިސް ކުރަންޖެހޭނެ ކަމަށާއި މިހާރަށްވުރެ ހަރުކަށި ފިޔަވަޅުތަކަކަށް ދާންޖެހޭނެ ކަމަށެވެ.
"އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް ރިވައިސް ކުރަންޖެހޭނެ މިގޮތަށް ދަންޔާމުން ދެއްތޯ. މޯ ސްޓްރިކްޓް މެޝާސް އަށް ދާންޖެހޭނެ. އަސްލު މެޝާއެއް ނުނަގައިފިއްޔާ، ޔެސް، އޯވާ ބާޑާން ވާނެ. ވީވިލް ހޭވް މޯ ޑެތުސް. ދެޓްސް ޑެފިނެޓް. ކޮންމެވެސް ވަރެއްގެ ރިސްކެއް އެބައޮތް މެނޭޖް ނުކުރެވި، ގޮސްދާނެ ކަމަށް،" ޑރ. ޝީނާ ވިދާޅުވިއެވެ.
އެޗްޕީއޭ އިން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ބަލި ކޮންޓްރޯލް ނުކުރެވެނީ ފިޔަވަޅުތަކަށް މީހުންނާއި މުއައްސަސާތަކުން އަމަލުކުރާ މިންވަރު ދަށްވުމުން ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް މިހާރު ވެސް ބާރު ބޮޑުވަމުން އަންނަ ކަމަށާއި އެނދުތަކެއް ގިނަ ކުރި ނަމަވެސް އެޑްމިޓްކުރާ މީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށެވެ. އަދި ފަރުވާ ނުދެވެންޏާ މަރުވާ މީހުންހެ އަދަދު ވެސް ގިނަވާނެ ކަމަށް ވިދާޅުވިއެވެ.
"ސީދާ ލޮކްޑައުންއަކަށް ގޮސްފިއްޔާ ބަލި ކޮންޓްރޯލް ކުރަން ފަސޭހަވާނެ. އިޓް ވިލް ޑްރާސްޓިކަލީ ރިޑިއުސް. އަޅުގަނޑުމެން ހުރިހާ އެންމެންނަށް ވެސް ފެނުނު ދޯ އެކަން. އެކަމަކު އެ އުޅެންޖެހޭ ހާލު،" ޑރ. ޝީނާ ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)