ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި މިދިޔަ ހަފުތާ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެއެވެ.
އެހާދިސާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އެމްއޭސީއެލްގެ މުވައްޒަފެކެވެ. އެކަން އެމްއޭސީއެލްގެ އޮފިޝަލަކު ވަނީ "ވަން"އަށް ކަށަވަރުކޮށްދީފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ހަވީރު 6:00 ހާއިރު އެވެ.
އެ އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފުސީލު ވީއައިއޭ ހިންގަމުން އަންނަ އެމްއޭސީއެލް އިން އަދި ދީފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާ ހިނގި ދުވަހު އެމްއޭސީއެލްއިން ވަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަހުގީގު ފަށާފައިވާ ކަމަށް ބުނެފައެވެ.
އަލިފާނުގެ ހާދިސާގައި އެ މީހާ ފިހި، ލިބުނު ޒަހަމްތަކަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. އައިޖީއެމްއެޗުން ބުނީ ފިހިގެން މަރުވެފައިވަނީ، 46 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާގެ ހަށިގަނޑުގެ 83 ޕަސަންޓް ފިހިފައިވާ ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު