އދ. މާމިގިލީގައި ހޯމް ކަރަންޓީނުގައި ހުރި ހަ އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
އެގޮތުން ޕޮޒިޓިވްވެފައިވާ ކުޑަކުއްޖާއަކީ ދިވެހި އަންހެން ކުއްޖެއް ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. އަދި މި ކުއްޖާގެ ކޮވިޑުގެ ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނު ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.
ނަމަވެސް މި ކޭސްއާ ގުޅިގެން އެޗްއީއޯސީން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ 5676 މީހެކެވެ. އޭގެ ތެރެއިން 2449 މީހަކު ބަލިން ރަނގަޅު ވެފައިވާ އިރު، އަދިވެސް 3208 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. ރާއްޖޭގައި މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 22 މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު