މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިއެވެ.
ފުލުހުން ބުނީ އަމީނީ މަގު، ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލައެއް މިރޭ 10:34 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ހަމަލާދީ ފޭރުގެންފައިވަނީ ދެ ސައިކަލެއްގައި އައި ބަޔަކު ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ބިދޭސީއަކަށެވެ. އަދި އޭނާގެ އަތަށް ޒަހަމުތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމުވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު