މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިލޯނު ލިބޭނެ މަގު ތަނަވަސް ވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް ޓެގް ކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓުވީޓުގައި ރިޔާޒް ވަނީ އިމްޕޯޓް ޑިއުޓީ ނެގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހާއެކު މިމަހު އެކަކުން ފެށިގެން މަސްވެރިކަމުގެ ގިނަ ބާވަތްތަކަކުން ޑިއުޓީ ކަނޑައިލުމާ ގުޅިގެން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
ރިޔާޒު ވިދާޅުވީ މަސްވެރިކަމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ކަނޑައިލުމަކީ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިމަހު އެކަކުން ފެށިގެން ޑިއުޓީއަށް ގެނައި ބަދަލާ ގުޅިގެން، 40 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އައި، މަސްބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅާއި ފިލްމާއި ޝީޓް އަދި ޓިއުބުރޯލްގެ އިތުރުން 25 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުންއައި މަސްބާނާ ދޮއްޓާއި އޮނުދޮށީގެ ޑިއުޓީ ވަނީ ކަނޑާލައިފައެވެ.
މީގެ އިތުރުން 20 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އައި މެރިން ޑީސަލް އިންޖީނާއި އޭގެ ބައިތަކާއި ފިޝް ފައިންޑާ އާއި ނެވިގޭޝަނަލް އިކުއިޕްމެންޓާއި ކަންވާރު އޮޅަން ގެންގުޅޭ ސްޕޫލް ފަދަ މަސްވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން 15 ޕަސެންޓްގެ ޑިއުޓީއެއް ނަގަމުން އަންނަ ދާ (ނެޓް) އިންވެސް ވަނީ ޑިއުޓީ ކަނޑައިލައިފައެވެ.
މެންބަރު އަބްދުﷲ ރިޔާޒް
މެންބަރު އަބްދުﷲ ރިޔާޒް
މެންބަރު އަބްދުﷲ ރިޔާޒް
މެންބަރު އަބްދުﷲ ރިޔާޒް