ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ގަވައިދަށް ނުފެތޭ އިތުރު 15 ތަނެއް އިއްޔެވެސް ބަންދު ކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ އިންސްޕެކްޝަންގައި އިއްޔެ 111 ތަނެއް ބަލައި އޭގެ ތެރެއިން ގަވައިދަށް ނުފެތޭ 15 ތަނެއް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ ބަންދުކޮށްފައިވަނީ، ތިން ސެލޫނަކާއި، ހަ ފިހާރައިގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ހަ ތަނެކެވެ.
އިންސްޕެކްޝަނަށް ފަހު ގަވައިދަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރަން ފަށައިފައިވަނީ މިދިޔަ މަހު 29 ގައެވެ. އެޗްޕީއޭ އިން އެދުވަހު ކުރި ޓުވީޓެއްގައި ވަނީ ބަންދުކޮށްފައިވާ ތަންތަނުގެ ކަންތައްތައް އިސްލާހުކުރުމަށްފަހު އަލުން އިންސްޕެކްޓްކުރުމަށް އެޗްޕީއޭއަށް އެންގުމަށް ބުނެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)