މާލޭގައި ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ އެ މުއައްސަސާއަށް ހުށަހަޅައިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ރޭޕާއި ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ. ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގެ މަގުމަތީގައި ދާދި ފަހުން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.
ބޭސް ފިހާރަޔަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފައިވާ އިރު މި ފަދަ މައްސަލަތައް ސިއްރު ނުކޮށް ހުށަހެޅުމަށް ކަމާ ބެހޭ މުއައްސަސާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޖިންސީ ގޯނާ
ޖިންސީ ގޯނާ
ޖިންސީ ގޯނާ