ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ގަވައިދަށް ނުފެތޭ އިތުރު 15 ތަނެއް އިއްޔެވެސް ބަންދުކޮށްފިއެވެ.
މިމަހުގެ 5 ވަނަ ދުވަހުވެސް ވަނީ ގަވައިދަށް ނުފެތޭ 20 ތަނެއް ބަންދުކޮށްފައެވެ.
އެޗްޕީއޭއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ އިންސްޕެކްޝަންގައި އިއްޔެ 240 ތަނެއް ބަލައި އޭގެ ތެރެއިން ގަވައިދަށް ނުފެތޭ 15 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އިއްޔެ ބަންދުކޮށްފައިވަނީ، 6 ސެލޫނަކާއި، 7 ފިހާރައިގެ އިތުރުން ކާބޯތަކެތީގެ ހިދުމަތްދޭ ދެ ތަނެކެވެ.
ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކުރުމަށްފަހު އެތަންތަން އަލުން ހުޅުވައި ހިދުމަތްދޭން ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތު ކުރުމަށްފަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)