ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހުރި ތަންތަން ވަރަށް މަދު ކަމަށާއި، ސްކޫލްތައް ހުޅުވޭނީ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޑަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާސްކު އަޅައިގެން ދުރުދުރުގައި ތިއްބަސް ބަލި ފެތުރޭ ކަމަށެވެ.
އެގޮތުން ހުޅުވި ތަންތަން ބަންދު ކުރަމުން ދަނީ ބަލި ޖެހޭ ކުދިންނާއި މުވައްޒަފުން ފެންނާތީ ކަމަށާއި މަދުރަސާތައް ހުޅުވޭނީ ބަލި ވަރަށް ރަނގަޅަށް ކޮންޓުރޯލް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.
އީދު ބަންދާއި، މިޑް ޓާމު ބަންދަށްފަހު މިމަހު ނުވަ ވަނަ ދުވަހުން ފެށިފެން މާލޭގެ ސްކޫލުތައް ހުޅުވައި ކިޔެވުން ފެށުމަށް މީގެ ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެމަތިން ކުރިއަށް އޮތް ދެ ހަފުތާއަށް ސްކޫލް ދަރިވަރުން މިމަހު ނުވަޔަކުން ފެށިގެން 19 އަށް މާލޭ ސީޓިގެ ސްކޫލްތަކަށް ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އަންގާރަ ދުވަހު އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ
ތައުލީމީ ދާއިރާ