ހުޅުމާލޭގައި ގެނބިގެން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މިއަދު ހުޅުމާލޭގައި މީހަކު މޫދަށް އެރި އުޅެނިކޮށް ގެނބުނު 27 އަހަރުގެ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
"އޭނާގެ ޓެސްޓް ހެދިއިރު އޭނާ ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި. އެހެންނަމަވެސް ކޮވިޑް ޑެތުއެއް ކަމަށް ނުބެލެވޭނެ. އޭނާގެ ކޯޒް އޮފް ޑެތަކީ ޑްރައުނިން. އޭނާ ގެނބިގެން މަރުވެފައިވަނީ، ކޮވިޑާ ސީދާ ގުޅުން ހުރި ސަބަބެއްގައެއް ނޫން،" ނަޒްލާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މިއަދު މެންދުރު ފަހު މޫދަށް އެރި އުޅުނު 27 އަހަރުގެ ދިވެހި ފިރިހެނަކު އަކުނިވަޔަށް ދަމައިގަނެ، ހާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު