ހއ. އިހަވަންދޫ "ތަހުތު" ބޯޓުގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ހއ. އިހަވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ ތަހުތު ބޯޓުގައި މަސައްކަތް ކުރާ ދިވެހި ފަޅުވެރިއެއް ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ އިހަވަންދުއަށް ނިސްބަތްވާ މީހެއް ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ، އެމީހާގެ ސާމްޕަލް ނަގާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށާއި އަދި ނަތީޖާވެސް ލިބުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި ތަހުތު ބޯޓުގެ ފަޅުވެރިޔަކީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި އިހަވަންދޫ 242 ބޯޓުގެ ކޭޝިއަރުގެ ކޮންޓެކްޓެކެވެ. އަދި އެ ދެ ބޯޓުން ޖުމްލަ 12 މީހުންގެ ސާމްޕަލް ނަގާފައިވާކަން ވެސް އެނގިފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު