ވެކްސިން

ރަޝިޔާއިން އުފެއްދި ވެކްސިން އަންނަމަހު އާންމުކޮށް ބޭނުންކުރަން ފަށަނީ

މުހައްމަދު އައުޒަމް

1

ރަޝިޔާއިން އުފެއްދި ވެކްސިން އަންނަމަހު ބޭނުންކުރަން ފަށަން ނިންމައިފިއެވެ.

ރަޝިޔާގެ މޮސްކޯގެ ގަމަލެޔާ އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ ތަހުލީލުތައް ނިމި ބޭނުން ކުރުމަށް ހުއްދަ ލިބޭނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ހުއްދަ ލިބުމާއެކު އާންމުކޮށް ބޭނުންކުރުމަށް ވެކްސިން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ. ނަމަވެސް އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކޮވިޑްގެ ފްރަންޓްލައިން ގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށް ވަނީ ބުނެފައެވެ.

ރަޝިޔާގެ ވެކްސިން އުފެއްދި ސައިންސުވެރިން ވަނީ މިހާ އަވަހަށް މިވެކްސިން އުފެއްދިފައިވަނީ މިއީ މީގެ ކުރިންވެސް އެހެން ބަލިތަކާދެކޮޅަށް ބޭނުންކޮށްފައިވާ ވެކްސިންއަކަށް ވާތީ ކަމަށް ބުނެފައެވެ. އަދި ސައިންސްވެރިން ވަނީ މި ވެކްސިން ކޮވިޑަށް ބޭނުންކުރުމަށް ނަކަލުކޮށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އަންނަނީ ކޮވިޑްގެ ވެކްސިނެއް އުފެއްދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އުފައްދާފައިވާ ބައެއް ވެކްސިންތައް އިންސާނުންގެ ގަޔަށް ޖަހައި ޓެސްޓުތައް އަންނަނީ ކުރަމުންނެވެ.

ރަޝިއާގެ މި ވެކްސިންއާ ގުޅޭ ގޮތުން ބައެއް ކަންބޮޑުވުންތައް އާންމުވެފައި ވީ ނަމަވެސް، މި ވެކްސިން އަންނަ މަހުގެ 10 ހިސާބުގައި ބޭނުންކުރަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބައިނަލް އަގުވާމީ ބޮޑެތި މީޑިއާތަކުން ވަނީ ބުނެފަ އެވެ. ސީއެންއެންއެން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަންނަ މަހުގެ 10 ހިސާބުގައި މި ވެކްސިން ބޭނުންކުރަން ފަށާން ރަޝިއާއިން ތައްޔާރުވާ އިރު، ވެކްސިންގެ ޓެސްޓު ހުރިހާ މަރުހަލާތައް އެއްކޮށް ނިމިފައިވާކަން އެ ނޫހަށް ވަނީ ޔަގީން ނުކުރެވިފަ އެވެ.