ޗިކަންގުންޔާ އަށް އުފެއްދި ފުރަތަމަ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނައިން ފެންނަމުންދާ ޗިކަން ގުންޔާއަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުރަތަމަ އުފެއްދި ވެކްސިން އަށް ހުއްދަ ދީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައެވެ.

ޗިކަންގުންޔާ ޖެހުމުން ހުން އައިސް ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވެއެވެ. މިއީ ކުޑަކުދީންނަށް ޖެހިއްޖެ ނަމަ ފުރާނައަށްވެސް ނުރައްކާވާ ބައްޔެކެވެ.

ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު މިހާތަނަށް 440،000 ޗިކަން ގުންޔާ ކޭސް ފެނިފައިވެއެވެ. އެންމެ ގިނައިން ބަލި ފެނިފައިވަނީ ދެކުނު އެމެރިކާގެ އިތުރުން އޭޝިއާގެ ދެކުނު ސަރަހައްދުތަކުންނެވެ.

އެމެރިކާއިން ހުއްދަ ދީފައިވާ ވެކްސިން ''އިސްޗިކް'' އަށް ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީ މީހުން ބޭނުން ކުރުމަށެވެ.