ބ. އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެކަން ކަށަވަރު ކޮށްދެއްވައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އޭދަފުށިން ޕޮޒިޓިވް ވެފައިވަނީ އެރަށަށް ހޯމް ކަރަންޓީނަށް ދިޔަ ދެ ބިދޭސީން ކަމަށެވެ.
އެމީހުން ޕޮޒިޓިވް ވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް އިއްޔެ ނެގި ސާމްޕަލުން ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ހޯމް ކަރަންޓީނަށް ގެންގޮސްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދޭ ގޮތުގައި އެރަށުގައި ހޯމް ކަރަންޓީނުގައި 17 މީހަކު އެބަ ތިއްބެވެ.
ތަސްލީމާ ވިދާޅުވީ، ބ. އަތޮޅު ހޮސްޕިޓަލުން ވެސް މިހާރު ކޮވިޑަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. ނަމަވެސް ބައެއް ސާމްޕަލްތައް މާލެއަށް ވެސް ޓްރާންސްފާ ކުރާ ކަމަށާއި އެގޮތުން އޭދަފުށިން މިއަދު ޕޮޒިޓިވް ވި ދެ މީހުންގެ ސާމްޕަލަކީ މާލެއަށް ޓްރާންސްފާ ކުރި ސާމްޕަލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު