ރަޝިޔާ އިން ކޮވިޑްގެ ވެކްސިން ހެކްކުރާ ކަމުގެ ތުހުމަތުކޮށްފިއެވެ.
އިނގިރޭސިވިލާތާއި އެމެރިކާ އަދި ކެނެޑާއިން ވަނީ ކޮވިޑްގެ ވެކްސިން އުފެއްދުމުގައި ހަރަކާތްތެރިވާ ރިސާޗަރުންގެ އަތުން ވެކްސިންގެ މައުލޫމާތު ހެކް ކުރާކަމުގެ ހެކި ލިބިފައިވާކަމަށް ބުނެފައެެވެ.
ހެކް ގްރޫޕް އޭޕީޓީ29 އަދި ކޯޒީ ބެއާ ގެ އިތުރުން ރަޝިޔާ ގެ އިންޓެލިޖެންސް އިން މިކަމުގައި ބައިވެރިވާ ކަމުގެ ތުހުމަތު މި ތިން ގައުމުން ވަނީ ކޮށްފައެވެ. އަދި މި ހެކަރުން ދިރާސާތައްކުރާ އިދާރާތަކާއި ކޮވިޑް ވެކްސިން އަށް ހާއްސަ ލެބްތައް ހެކް ކޮށް އެތަނުން މައުލޫމާތު ވަގަށް ނަގާކަމުގެ ތުހުމަތު ކޮށްފައެވެ.
އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވަނީ މި ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއަށް ރަޝިއާއިން ވަދެ މިހިންގާ ކަންކަން ބަލައި ނުގަނެވޭނެކަމަށް ބުނެފައެވެ. މި ދަނޑިވަޅުގައި މުޅި ދުނިޔޭގެ ސަލާމަތަށް މިކުރާ މަސައްކަތަށް ގެއްލުން ދިނުމަކީ ހުތުރު އަމަލެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.
ރަޝިއާއިން ވަނީ މިހުރިހާ ތުހުމަތުތަކެއް ދޮގު ކޮށްފައެވެެ. ބަޔަކު ހެކް ކުރާ ކަމުގެ މައުލޫމާތެއްވެސް ލިބިފައި ނުވާކަމަށާއި މިކަމުގައި ރަޝިއާއިން ކުރާނެ އެއްވެސް ކަމެއް ނެތްކަމަށް އެގައުމުން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ