އެއް މިލިއަން އެންޓި-ޕާސަނަލް ލޭންޑްމައިން ހޯދުމުގެ މަސައްކަތް ފިންލޭންޑުން ފަށައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 100 މިލިއަން ޔޫރޯ ހަރަދުކޮށްގެން ފަށާ މި މަޝްރޫއަކީ ރަޝިޔާގެ ފަރާތުން ކުރިމަތިވެދާނެ އަސްކަރީ ނުރައްކާތަކުން ސަލާމަތްވުމަށް ފެށި މަސައްކަތެކެވެ.
ފިންލޭންޑުގެ އަސްކަރިއްޔާގެ ކާނަލް ރިކޫ މިކޮނެން އެ ގައުމުގެ ގައުމީ ނޫސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އެއް މިލިއަނާ ހަމައަށް ލޭންޑްމައިން ހޯދުމަށް މިހާރު އަންނަނީ ސަޕްލަޔަރުންނާ މަޝްވަރާކުރަމުންނެވެ. މިކަން އިއުލާންކޮށްފައިވަނީ، ލޭންޑްމައިން ބޭނުންކުރުން މަނާކުރާ އދ.ގެ މުއާހަދާއިން ފިންލޭންޑާއި އެ ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުން ވަކިވުމަށްފަހުގައެވެ.
ފިންލޭންޑުގެ ބޮޑުވަޒީރު ޕެޓެރީ އޯޕޯ ވިދާޅުވި ގޮތުގައި، އެ ގައުމުގެ އިރުމަތީ ބޯޑަރުގައި އޮތް ރަޝިޔާއަކީ ދިގު މުއްދަތަކަށް އޮތް ނުރައްކަލެކެވެ. ރަޝިޔާއިން ހައިބްރިޑް ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭއިރު، މިއީ އެކަމަށް އޮތް ރައްދެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މި މައިންތައް އުފައްދާނީ ފިންލޭންޑުގެ ކުންފުނިތަކުން ކަމެއް ނުވަތަ ބޭރުން ގަންނާނީ ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް ކާނަލް މިކޮނެން ވިދާޅުވި ގޮތުގައި، 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓްތަކުގައި ސޮއިކޮށް، 2028 ވަނަ އަހަރު އުފައްދަން ފެށުމަށް ވަނީ އަމާޒުހިފާފައެވެ.
ފިންލެންޑް
ފިންލެންޑް
ފިންލެންޑް
ކޮމެންޓް