މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް އިޝްތިހާރުކުރުމަށް ސީއެންއެން އާއެކު ކެމްޕެއިނެއް ފަށައިފި އެވެ.
އެމްއެމްޕީއާރްސީން ބުނީ ތިން މަސް ދުވަހަށް ކުރިޔަށްގެންދާ މިކެންޕޭނުގައި ރާއްޖެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަފާތުވެގެންދާ ކަންތައްތައް ދައްކުވައިދޭނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ހުނަރުތައް މުޅި ދުނިޔެއަށް ދައްކައިލުމުގެ އިތުރުން އެމީހުންގެ ތަޖުރިބާތައް ވެސް މި ކެމްޕެއިންގެ ތެރެއިން ހިއްސާކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
"މި ކެމްޕެއިންގެ ދަށުން ބޯޑަރު ހުޅުވާލާ ދުވަހު އެންމެ ފުރަތަމަ ހަރާކާތެއްގެ ގޮތުގައި ފެނިގެން ދާނީ ފައިވް ރީޒަންސް ޓު އިންސްޓާ ލަވް މޯލްޑިވްސް ގެ ވިންޔެޓަ،" އެމްއެމްޕީއާރްސީން ބުންޏެވެ.
މިކެމްޕެއިންގެ ދަށުން ސީއެންއެންގެ މޫސުމީ ހަބަރު ގަޑީގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކަމުންދާނެ ކަމަށްވެސް އެމްއެމްޕީއާރްސީން ބުންޏެވެ.
ސީއެންއެން އާއެކު ކުރިޔަށް ގެންދާ މި ކެމްޕެއިނާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ ދަތުރުކުރުމަށް އާ މަންޒިލެއް ހޯދައި ރާއްޖެ "ރީޑިސްކަވާ" ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މި ކެމްޕެއިންގެ ތެރެއިން ރާއްޖެއާ ގުޅޭ ޝައުގުވެރި މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ. މިކެމްޕެއިންގެ އަމާޒަކަށް ވެގެންދާނީ ރާއްޖޭގައި ތިބި ތަޖުރިބާކާރު ދިވެހި މަސައްކަތްތެރިންގެ ހުނަރާއި ރަށްތަކުގެ ގުދުރަތީ ރީތިކަން ދައްކައިދިނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއަކީ ވަކި ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ގައުމެއް، އެކަމުން ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަން މި ކެމްޕޭންގެ ތެރެއިން ބުނެދޭނެ, މިސަބަބުތަކާއެކު ރާއްޖެ ހިމެނިފައިވަނީ ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގަ،" ތޮއްޔިބު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީން ބުނީ ކޮވިޑްގެ ސަބަބުން ހުރަސްތަކެއް ދިމާވި ނަމަވެސް އެކުންފުނިން އަންނަނީ ޑިޖިޓަލް މީޑިއާ އާއި އޮންލައިން
ޕެލެޓްފޯމުތަކުގެ ޒަރިއްޔާއިން މެދުކެޑުމެއްނެތި އެކި މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަމުން ކަމަށެވެ. އަދި ސީއެންއެން އާއެކު ހިންގާ ކެމްޕޭނަކީ ބޯޑަރު އަލުން ހުޅުވާލުމަށްފަހު ރާއްޖެ އިޝްތިހާރު ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހަރަކާތް ކަމަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު، ބޯޑަރުތައް އިއްޔެ ވަނީ އަލުން ހުޅުވާލައިފައެވެ.
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ