ސޮނެވާ ފުށި ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ އެ މީހާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މިއަދު ކަމަށެވެ. އަދި މިހާރު އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޕޮޒިޓިވްވި މީހާ މިވަގުތު ހުރީ ސޮނެވާފުށީގަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ ތަސްލީމާ ވިދާޅުވީ، އެކަމާ ގުޅިގެން އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓު ބަންދު ކުރި ނަމަވެސް ސޮނެވާފުށި ބަންދު ކޮށްފައެއް ނުވެ އެވެ. މިއަދު ރާއްޖެ އަލުން ހުޅުވާލުމާ ހަމަޔަށް ވެސް ސޮނެވާ އިން ދިޔައީ ހިދުމަތްތަށް ދެމުންނެވެ.