ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު 59 ދިވެހިން އިންޑިއާއަށް ގެންގޮސްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭ 59 މީހަކު މިއަދު އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަށް ގެންގޮސްދީފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ ބަލި މީހުންނަށް އިންޑިއާއިން ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައި ވާތީ އިންޑިއާ ސަރުކާރަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.

މީގެ ކުރީން ވެސް ވަނީ ސިއްހީ އިތުރު ފަރުވާ ބޭނުންވާ ބައެއް ދިވެހީން އިންޑިއާއަށް ގެންގޮސްފައެވެ. އިންޑިއާގެ ބޯޑަރުތައް ބޭރު ގައުމުތަކަށް ރަސްމީކޮށް އަދި ހުޅުވައައިފައެއް ނުވެއެވެ.