ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުރުން މަނާކުރުމުގެ އަމުރެއް ހޯދަން އެދެން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކުރުމުން އަދީބު ވަނީ މިނިވަންވެފައެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަދީބު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓުމަށް ހައިކޯޓުގައި އެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ބޯޑަރު އޮތީ ބަންދުކޮށްފައި. އެހެންނަމަވެސް ފުލުހުންނަށް ދަންނަވާފަ ވާނެ ފުރުން މަނާކުރުމުގެ އަމުރެއް، އަޅުގަނޑުމެން މިއަދު އެޕީލް އެބަކުރަން. އެ ޕްރޮސެސް އެބަ ހިނގާ. އެވާގޮތަކީ އަދީބަކީ ފިލާފަ ހުރި މީހެއް. އެކަމުގެ ކުށުގެ ރެކޯޑެއް ވެސް އެބައޮތް. ހައިކޯޓުން ދާދި ފަހުން ނިންމެވި ގަޒިއްޔާއެއްގައި ކޯޓުން އަމިއްލަފުޅަށް ނިންމަވާފަ އޮވޭ ފިލާނެ މީހެއް ކަމަށްވަންޔާ ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ. އެހެންވީމަ އެ މައުޟޫ ވަރަށް ސާފު،" ޕީޖީ ޝަމީމު ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު