މަޖިލީހުގެ ރައީސް

މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ޖެހޭ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

2

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރު ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ދެ ކޮމިޝަނާ ބެހޭ ގޮތުން، މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސީ ކޮމިޝަނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ ދެ ކޮމިޝަނުން ގާނޫނުގައި ބުނާ މަސައްކަތްތައް ކޮށްފައިވާކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. އެ ދެކޮމިޝަން އޮތުމުގެ ބޭނުމެއް އޮތްކަމަށް މިހާރު ދެކެވަޑައިނުގަންނަވާ ކަމަށާއި، އެ ދެކޮމިޝަނުގެ އިތުރުން އެ ދެކޮމިޝަނަށް ބާރު ދިނުމަށް މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ވެސް އުވައިލަންޖެހޭ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ ކޮމިޝަންތައް އުފެެއްދުމަށް ރައީސުލް ޖުމްހޫރިއްޔާއަށް އިހުތިޔާރު ދީފައި ވަނީ ގާނޫނުއަސާސީގެ 15 ވަނަ މާއްދާއިން ކަމަށެވެ. ނަމަވެސް އެ ކޮމިޝަންތަކަށް ބާރު ދީފައިވަނީ، މަޖިލީހުން ހަދާފައިވާ ގާނޫނަކުން ކަމަށާއި، އެކަމާބެހޭގޮތުން ގޮތެއް ނިންމުން އޮތީ، މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ ދެ ކޮމިޝަނަކީ، މިހާ ބޭނުމެއް ނެތް ދެ ކޮމިޝަން ކަމަށާއި، ހާއްސަކޮށް ކޮވިޑްގެ މި ދަތީގައި ބޭކާރު، ބޭނުމެއް ނެތް ހަރަދު، ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، އެ ދެކޮމިޝަން އުވާލަން ޖެހޭ ކަމަށެވެ.