މާލޭގެ ގެސްޓްހައުސެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ، ހެންވޭރު ގެއެއްގައި ހުއްދަ ނުނަގައި ގެސްޓްހައުސެއްގެ ގޮތަށް ހިންގާ ތަނެއްގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހަވީރު 5:51 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން އެމީހާ މަރުވެފައި އޮތް ގެސްޓްހައުސް ކައިރީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މެރުވެފައި އޮއްވައި ފެނިފައިވަނީ އިންޑިއާގެ ފިރިހެނެކެވެ.