އެއްވެސް މީހަކަށް އަދި މީޑިއާއަކަށް އެ ހޮޓަލުގެ ސީސީޓީވީ ފުޓޭޖު ހިއްސާކޮށްފައި ނުވާނެ ކަމަށް މާގިރި ހޮޓަލުން ބުނެފިއެވެ.
މާގިރި ހޮޓަލުން މިހެން ބުނެފައި މިވަނީ އެ ހޮޓަލުގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ކޮވިޑް 19ގެ ފުރަބަންދުގެ ތެރޭގައި ގާއިމުވެގެން ތިބި އިރު އުޅުނު ގޮތުގެ ބައެއް މަންޒަރުތަކުގެ ސީސީޓީވީ ފުޓޭޖު ލިބިފައިވާ ކަމަށްބުނެ އޮންލައިން މީޑިއާއަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މާގިރި ހޮޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހޮޓަލުގައި ތިބޭ ގެސްޓުންގެ ޕްރައިވެސީ ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެ ހޮޓަލުން އެއްވެސް މީޑިއާއަކަށް އަދި އަމިއްލަ ފަރާތަކަށްވެސް އެ ހޮޓެލުގެ ސީސީޓީވީ ފުޓޭޖު ހިއްސާކޮށްފައި ނުވާނެ ކަމަށާއި، އެހެންކަމުން މީޑިއާތަކުގައި އެ ހޮޓެލޭ ކިޔައިގެން ދައުރުކުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މާގިރި ހޮޓަލުން ބުނީ، އެ ހޮޓަލުގެ އަގު ވައްޓާލުމަށް ދޮގު ހަބަރު ފެތުރި މީޑިއާ އާއި އަމިއްލަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެތަނުގެ ގާނޫނީ ޓީމުން ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު