ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިކަން ނޮޅިވަރަމް ކައުންސިލް މެންބަރު އިބްރާހީމް ނަސީރު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ނަސީރު ވިދާޅުވީ އެމީހާ ޕޮޒިޓިވް ވިކަން އެޗްޕީއޭއިން އަންގާފައިވަނީ މިއަދު ކަމަށެވެ. އެމީހާއަކީ މާލެއިން މިމަހު ހަވަނަ ދުވަހު ރަށަށް ދިޔަ މީހެއް ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި މާލެއިން ރަށަށް ދިޔަފަހުން އެމީހާ ހުރީ ހޯމް ކަރަންޓީނުގައި ކަމަށްވެސް ނަސީރު ފާހަގަ ކުރެއްވިއެވެ.
މި މީހާ ރަށުން އިތުރު މީހަކަށް ކޮންޓެކްޓް ވެފައި ވާނެތޯ ސުވާލު ކުރުމުން ނަސީރު ވިދާޅުވީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެޗްޕީއޭއާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. މި މީހާއަކީ މާލެއިން ރަށަށް ދިޔަ އިރު މާލެއިން ރެންޑަމް ސާމްޕަލިންގް ނަގާފައިވާ މީހެއް ކަމަށާއި، ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގިފައިވަނީ ރެންޑަމް ސާމްޕަލިންގްގެ ނަތީޖާ ލިބުމުން ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މިހާތަނަށް ހެލްތު މިިނިސްޓްރީ އަދި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު