ފުލުހުން މަޑުކުރަން އެންގުމުން މަޑު ނުކޮށް ދަނިކޮށް ބެރިކޭޑުގައި ޖެހި އެކްސިޑެންޓު ވި މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ ރަންފަސް، އިބްރާހިމް އަޒުލިފް ހުސެއިން، 30އ އެވެ.
އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާ އޮތް ކަމަށް ފެންނާތީ ބަންދަށް ދިހަ ދުވަސް ޖަހައިފައެވެ.
އޭނާގެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ހައިވޭގައި ދުއްވާފައި ދާ މަންޒަރު ފުލުހުންނަށް ފެނިގެން މަޑުކުރަން އެންގުމުންވެސް މަޑު ނުކޮށް ދަނިކޮށް ފުލުހުންގެ ބެރިކޭޑުގައި ޖެހި އެކްސިޑެންޓުވީ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެކްސިޑެންޓު ވުމުން އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި 8 ރަބަރު ޕެކެޓު ފެނިފައިވެއެވެ. ކޯޓުގައި ދިފާއުވުމަށް އޭނާ ބުނެފައިވަނީ އެއީ އޭނާ ބޭނުންކުރަން ގެންގުޅޭ ތަކެތި ކަމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް