ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ޕީޕީއެމް އަދި ޕީއެންސީއިން ވެސް ޖާގައެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ޕީޖީ އާއި ބައްދަލު ކުރެއްވުމަށް ޕީޖީއަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އަދުރޭ ވަނީ "ތަބަކަކަށް ލާފަ" ޕީޕީއެމް ނުވަތަ ޕީއެންސީ އުމަރު ނަސީރަށް ދޭނެއޭ ހީވި ނަމަވެސް އެކަން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ނުވާނެ ކަމެއް ކަމަށާއި އުމަރަށް ޕީޕީއެމް/ޕީއެންސީ އިން ޖާގައެއް ނުލިބޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ މައިދާނުގައި އުމަރު ނަސީރަކީ އޭނާ ދައްކާ ވާހަކަޔަށް އިދިކޮޅު ކޯލިޝަނުން ޖަވާބުދޭން ޖެހޭ ވަރުގެ މީހެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ސީއެންއެމްގެ އިތުރު ކާފު ޕްރޮގްރާމަށް އުމަރު ނަސީރު ދެއްވި އިންޓަވިއުއެއްގައި ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާނީ ޕީޕީއެމްގެ ލީޑަޝިޕް ލިބޭނެ ކަމަށް ވާނަމަ އެކަނި ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ލީޑަޝިޕް އުމަރާއި ހަވާލުކޮށްފިނަމަ ބޮޑުތަނުން އެމްޑީޕީ ބަލިކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެއްވެސް އެހެން ލީޑަޝިޕެއްގެ ފަހަތަށް ނާރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ