ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން ވާ މީހުން ގެންނަން ހާއްސަ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.
މޯލްޑިވިއިން އިން ބުނީ، އަންނަ ބުދަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރެޕަޓްރިއޭޝަން ފްލައިޓުން ދަތުރުކުރަން ބޭނުންވާ ފަސިންޖަރުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހާލުބެލުން ޕޯޓަލްގައި ރެޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. މި ފްލައިޓުން ރާއްޖެ އަންނަން ބޭނުންވާ މީހުން ޓިކެޓް ގަންނަން ޖެހޭނީ އަމިއްލައަށެވެ.
ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން ގުޅިގެން މީގެ ކުރިންވެސް ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް ހާއްސަ ފްލައިޓުތައް ބާއްވާފައި ވެއެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި މެލޭޝިއާ އިން ދެ ފްލައިޓެއްގައި 370 ދިވެހިން ގެނެސްފައިވާއިރު މީގެ ކުރިން އިންޑިއާ، ބެންކޮކް އަދި ލަންކާގައި ތިބި ދިވެހިން ވެސް ރާއްޖެ ގެނެސްފައި ވެއެވެ.
ރާއްޖެއިން ބޭރުން އަންނަ މީހުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ވެސް ގޭގައި ކަރަންޓީން ކުރެވޭއިރު ގޭގައި ކަރަންޓީން ނުކުރެވޭ މީހުން ސަރުކާރުން ގާއިްމކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީން ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު