އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަޒަކުން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 23 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޮން ތަނަކުން ކަމެއް އަދި އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.
ފުލުހުން މީގެ ކުރިން ބުނީ، އެ މައްސަލަ ބަލަމުން އަންނާނީ ކުޑަ ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި ކްރައިމް އަގައިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓްގެ ތަހުގީގު ޓީމަކާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު