ކުއްލި ޚަބަރު

ހަދަމުންދާ ރިސޯޓެއްގައި ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންނާ ދެމެދު ކުރިމަތިލުމެއް، ފުލުހުން ހަރަކާތްތެރިވަނީ

އަލީ ޔާމިން

ހަދަމުންދާ ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކާއި ދިވެހި މުވައްޒަފުންނާ ދެމެދު ކުރިމަތިލުމެއް ހިނގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތްކުރާ ބަންގުލަދޭޝް މުވައްޒަފުންތަކެއް، ދިވެހި މުވައްޒަފުންތަކެއް އެރަށުން ފޭބިޔަނުދީ ހިފަހައްޓައި ހަމަނުޖެހުން ހިންގާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ހަމަނުޖެހުންތައް ހިނގަމުންދަނީ ބ. ބޮޑުފިނޮޅުގައެވެ.

އެރަށުގައި ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންދާއިރު، ބ. އަތޮޅު ތުޅާދޫންވެސް ބަޔަކު ވަނީ އެރަށަށް އަރައި ހަމަނުޖެހުން ހިންގައިފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.