ފަތިސް ނަމާދަށް ދިއުމަށް ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި އެ ސެންޓަރުގެ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ފަތިހު 5:00ގެ ފަހުން ބޭރުގައި އުޅެވޭ ގޮތަށް އޮތް ނަމަވެސް ފަތިސް ނަމާދަށް ދާން އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި އޮންނަނީ ފަތިހު 5:00ގެ ފަހުން ބޭރަށް ނުކުމެ އުޅުމަށް ހުއްދަ ދީފައި. ނަމަވެސް ފަތިސް ނަމާދަށް ގޮވާ އޭގެ ކުރިން. އެހެންކަމުން އެއްވެސް ހުއްދައަކާ ނުލައި ފަތިސް ނަމާދަށް ދެވޭނެ. އެކަމަށް ހުއްދައެއް ހޯދާކަށް ނުޖެހޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މިއަދުން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުއްދައަކާ ނުލައި ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބޭރުގައި އުޅެވޭނެއެވެ. އަދި މިސްކިތްތައްވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ހުޅުވާލައިފައެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތައްވެސް ވަނީ ރޭގަނޑު 10:00އާ ހަމައަށް ހުޅުވުމުގެ ހުއްދަ ދީފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު