ޖިންސީ ގޯނާ، ރޭޕްގެ މައްސަލަތައް ހުށަހެޅުމުން ހެކި ނެތްކަމަށް ގާނޫނީ ގޮތުން ފުލުހުންނަކަށް ނުބުނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލަައިގައި، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން ދޫކޮށްލި މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، ޖިންސީ ކުށްތަކާއި، ރޭޕް ތަކާއި، ކުޑަކުދިންނާ ބެހުމުގެ މައްސަލަ ތަކުގައި، ހެކިބަސް ނެތްކަމަށް ބުނެ، އަނިޔާވެރިން ސަލާމަތް ވުމަކީ ގާނޫނު އެކަން ސިފަކޮށްފައި އޮތް ގޮތް ނޫން ކަމަށެވެ.
ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް އޮންނަ ގާނޫނުތަކުގައި ހެކިބަސް ނެގުމާއި ހެކި ބެލުން އޮންނާނީ އެހެން ގާނޫނުތަކާ ތަފާތު ކޮށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޖިންސީ މައްސަލަތައް ބަލަން ފަށަން ޖެހޭނީ އަނިޔާ ލިބުނު ފަރާތުގެ ހުށަހެޅުމަކީ ހެއްކެއްގެ ގޮތުގައި ބަލައިގެން ކަމަށްވެސް އީވާ ވިދާޅުވިއެވެ.
""އަނިޔާލިބޭ ފަރާތުން ތިމަންނާއަށް ޖިންސީ އަނިޔާ ކޮށްފިއޭ، ބުނީމާ އެއީ ހެކީގެ ގޮތުގައި ބެލެވޭ ގޮތަށް ގާނޫނުތައް އޮންނާނީ،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މި މައްސަލައަކީ ހާމަކަން ބޮޑު ގޮތެއްގައި ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. ފުލުހުން ވިޔަސް، ޕީޖީން ވިޔަސް، ކޯޓުުން ވިޔަސް އަދި މަޖިލީހުން ވިޔަސް މި މައްސަލަ ބަލަން ޖެހޭނީ އަނިޔާ ލިބުނު ފަރާތުގެ ބަސް ގަބޫލުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ ވާހަކަ އަބަދުވެސް ދައްކާ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތައް އައިސް ވެރިކަންތައް ބަދަލުވެގެންދާއިރު އަންހެންމިހާގެ ހާލު ބަދަލު ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސްް އެންޑް ޖެންޑާ ކޮމިޓީންވެސް ބަލަން މިއަދަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ
މެންބަރު އީވާ އަބްދުﷲ