ށ . ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެއްޖެއެވެ.

އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި، ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފައިވަނީ މިއަދު ހެނދުގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ނޮދަން އޭރިއާގެ ސިފައިން އެރަށަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

އަދި އެރަށުގެ އެއަޕޯޓުގެ ފަޔަ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.