މަސްވެރިންނަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ އެ ސިނާއަތް ހަލާލުކޮށްލީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި މިރޭ ވާހަކަފަޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ 2033 ވަނަ އަހަރު އަންނަން ވާއިރަށް މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާ މިންވަރު މިހާރަށްވުރެ ތިން ގުނައަށް އިތުރު ކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ރަށްރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީސްތަކުން ވަޒީފާ ދިނުމުގެ ސަބަބުން މަހަށް ދާ މީހުންގެ އަދަދު އެތައް ގުނައަކުން މަދުވެފައިވާ ކަމަށެވެ.
މިއީ އެއްވެސް ވިސްނުމެއްނެތި ސިޔާސީ ބޭނުމެއްގައި އެމްޑީޕީ ސަރުކާރުން ކުރިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް