ފްރާންސް އަދި ޕީއެސްޖީގެ ހުނަރުވެރި އެޓޭކަރު ބްރެޑްލީ ބާކޯލާއަށް ބިޑް ކުރަން ލިވަޕޫލުން ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
ބާކޯލާ، 23، ހޯދަން ލިވަޕޫލުން މަސައްކަތް ކުރަމުން ދަނީ މުހައްމަދު ސަލާހް ނެތްތައް ފޫބެއްދުމަށް ކަމަށްވެސް ނޫސްތައް ބުނެއެވެ. ސަލާހް، ނުވަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމައި، އެކަން އިއުލާނުކުރީ މިދިޔަ ސީޒަން ނިމުނުތަކުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ލިވަޕޫލަށް މޮޅަށް ކުޅުނު ސަލާހް ނެތްތައް ފޫބައްދަން ލިވަޕޫލުން އެންމެ ފުރަތަމަވެސް ގެންދަން ބޭނުންވީ ޔޭން ޑިއޮމާންޑޭ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ ރެއާލް މެޑްރިޑަށް ދާން އެއްބަސްވެފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޕީއެސްޖީން ބާކޯލާއަށް ކިޔާ އަގަކީ 145 މިލިއަން ޕައުންޑެވެ. އެ އަގުގައި ލިވަޕޫލުން ބާކޯލާ ގެންގޮސްފިނަމަ، އެ ޓްރާންސްފާ ވެގެންދާނީ އިނގިރޭސި ރެކޯޑު ޓްރާންސްފާ އަކަށެވެ. ނޫސްތަކުން ބުނީ ލިވަޕޫލުން މަސައްކަތް ކުރަނީ އެ އަގަށްވުރެ ކުޑަ ނަމަވެސް، 100 މިލިއަން ޕައުންޑަށްވުރެ މަތީ އަގަކަށް ބާކޯލާ ގެންދަން ކަމަށެވެ.
ބާކޯލާ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. އެހެން ނަމަވެސް ބާކޯލާ ލިވަޕޫލާ ގުޅެން ޝައުގުވެރިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ކޮމެންޓް