ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ބާސެލޯނާއިން ރޭ ރެއާލް ބެޓިސް ކައިރިން 3-1 އިން މޮޅުވި އިރު، ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި 1-0 އިން ސެވިއްޔާ ބަލިކޮށްފިއެވެ.

ބާސެލޯނާއިން މިފަހަރުގެ ލީގު ކާމިޔާބު ކޮށްފައިވާ އިރު، ރެއާލް ދެވަނައިގައި އޮތީ 37 މެޗުން 83 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ބާސާއަށް 100 ޕޮއިންޓް ހަމަކުރެވެން ނެތް ނަމަވެސް، އިތުރު މޮޅަކާއެކު އެޓީމުން ވަނީ 37 މެޗުން 94 ޕޮއިންޓް ހޯދައިފައެވެ.

ރެއާލުން ރަށުން ބޭރުގައި ކުޅުނު މެޗުން ސެވިއްޔާ ބަލިކުރި އިރު، އެމެޗުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ އެޓީމުގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ އަނބުރާ ފުރަތަމަ 11 އަށް ނުތުމެވެ.

ރެއާލްގެ އެތެރޭ މައްސަލަތައް ބޮޑުވެފައި އޮތް އިރު، އަނިޔާގެފަހުން އެމްބާޕޭ އެނބުރި އައި މެޗުގައި އޭނާ ފެނުނީ ބަދަލަކަށް ކުޅެން އެރުވިތަނެވެ. ކޯޗު އަލްވާރޯ އާބެލޯގެ އެ ނިންމުމަށް، މެޗަށްފަހު އެމްބާޕޭ ފާޑު ކިޔާފައިވެއެވެ. އެމެޗުގައި ސަޕޯޓަރުން ވަނީ އެމްބާޕޭއަށް ބޫ ކޮށްފައެވެ. އެމްބާޕޭ ބޭރު ކްލަބުން އޮންލައިން ޕެޓިޝަނެއްގައިވެސް އެތައް ބަޔަކު ސޮއިކޮށްފައިވެއެވެ.

ސެވިއްޔާއިން ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުންދާ އިރު، މެޗުގެ 15 ވަނަ މިނެޓުގައި އެޓީމު ކޮޅަށް ގޯލް ޖެހީ ވިނީޝިއަަސް ޖޫނިއާއެވެ. އެއީ އެމްބާޕޭގެ ބޯޅައަކުންނެވެ.

އޭގެފަހުން އެމްބާޕޭއަށް ލިބުނު ފުރުސަތުތައް އޭނާ ނަގާލި އިރު، ދެވަނަ ހާފުގައި ފްރާންކޯ މަސްޓަންޓުއޯނޯ ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ބެޓިސް ބަލިކުރި 3-1 އިންނެވެ. އެމެޗުގައި ބާސާއިން ފުރަތަމަ ލީޑު ނެގީ ރަފީނިއާގެ ހިލޭ ޖެހުމަކުންނެވެ. އެ ނަތީޖާއާއެކު ފުރަތަމަ ހާފު ނިމުނު އިރު، ރަފީނިއާ ދެވަނަ ގޯލް ޖެހީ 62 ވަނަ މިނެޓުގައެވެ.

އޭގެފަހުން އިސްކޯގެ ޕެނަލްޓީއަކުން ބެޓިސް ފަރަގު ކުޑަކުރި ނަމަވެސް ޖުއާއޯ ކާންސެލޯގެ ގޯލަކާއެކު ބާސާއިން ނަތީޖާ ޔަގީންކުރިއެވެ.