ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ކައިރިން ބަލިވި މެޗުގައި ރެފްރީ ނިންމި ބައެއް ނިންމުންތަކަށް ހިތްހަމަ ނުޖެހި، ބާސެލޯނާއިން ޔޫއެފާއަށް ރަސްމީކޮށް މައްސަލަ ހުށަހަޅައިފިއެވެ.
ބާސާއިން އެތުލެޓިކޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ރެފްރީ ނިންމި ނިންމުންތަކަށް މެޗަށްފަހު ބާސާގެ ކޯޗު، ހާންސީ ފްލިކްވެސް ވަނީ ފާޑު ކިޔައިފައެވެ. އެގޮތުން ދެވަނަ ހާފުގައި ޕެނަލްޓީއެއް ނުދިން މައްސަލައިގެ އިތުރުން ފުރަތަމަ ހާފުގައި ޕައު ކުބާސީއަށް ދެއްކި ރަތް ކާޑުގެ ވާހަކަވެސް ފްލިކް ވަނީ ފާހަގަކޮށްފައެވެ.
ބާސާއިން ޔޫއެފާއަށް ރަސްމީކޮށް ހުށަހަޅާފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ޕެނަލްޓީއެއް ނުދިން މައްސަލައެކެވެ. އެއީ އޭރިއާ ތެރެއިން ކުޅުން ފަށަން ޖެހިފައި އޮއްވާ، އެތުލެޓިކޯގެ ކީޕަރު ޖުއާން މޫސޯ، އޭރިއާ ތެރެއިން މަޑުމަޑުން ޖައްސާލި ބޯޅައިގައި މާކް ޕުބިލް އަތުން ޖައްސައި، ކުޅުން އަލުން ފެށުމުންނެވެ. ބާސާއިން ބުނީ ކީޕަރު ކުޅުން ފެށި ކަމަށާއި، ޑިފެންޑަރު ބޯޅައިގައި އަތްލީ ކުޅުން ފެށިފަހުން ކަމަށެވެ.
އެހެން ނަމަވެސް ރެފްރީ ނިންމާފައި ވަނީ ކީޕަރު ކުޅުން ފެށި ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، ކުޅުން ފެށީ ޑިފެންޑަރު ކަމަށެވެ.
މެޗުގެ ރެފްރީ އިސްތަވާން ކޮވަކްސް ކުޅުން ކުރިއަށް ގެންދިޔުމުން އެކަމަށް ވީއޭއާރުން ދެކޮޅަ ހަދާފައި ނުވާތީ ބާސާއިން ވަނީ އެ މައްސަލައިގައި ކަންހިނގާ ދިޔަގޮތް ސާފުކޮށްދޭން އެދިފައެވެ.
ބާސާއިން ބުނީ އެއީ ބޮޑު ގޯހެއް ކަމަށާއި، އެންމެ މަތީ ފަންތީގެ ފުޓުބޯޅައިގައި އެކަހަލަ ކަމެއް ހިނގާފައި އޮތުމުން، އެކަން ބަލައި، ކަން ހިނގިގޮތް އޮޅުން ފިލުވައި ދިނުމަށެވެ.
މީގެ ކުރިން އެފަދަ ހާލަތްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރެފްރީންގެ ނިންމުންތައް ތަފާތެވެ. 2024 ވަނަ އަހަރު އޭޕްރީލް މަސް ތެރޭގައި އާސެނަލްގެ ކީޕަރު ރާޔާ އެގޮތަށް ޖައްސާލި ބޯޅައެއްގައި އަތް ޖައްސާ ޑިފެންޑަރު ގެބްރިއަލް މަގަޅައެސް ކުޅުން ފެށިއެވެ. އެއީ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެމެޗުގައި ޕެނަލްޓީ ދީފައި ނުވާ އިރު، އޭގެފަހުން އެ އަހަރު ކްލަބު ބްރޫޖާއި އެސްޓަން ވިލާ ކުޅުނު މެޗެއްގައި އެސްޓަން ވިލާގެ އެމިލިއާނޯ މާޓިނޭޒް ޖައްސާލި ބޯޅައެއް ޓައިރޯން މިންގްސް އަތުން ޖައްސައި، އަލުން ކުޅުން ފެށުމުން ވީއޭއާރުން ވަނީ ރެފްރީ ލައްވާ ޕެނަލްޓީ ދީފައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ދެން ބަލި ގަބޫލު ކޮައްބަލަ
މަ - 2 މަސް ކުރިން