މި އަހަރުގެ ނިޔަލަށް ޕާކުތައް ނެތް ހުރިހާ ރަށެއްގައި ޕާކުތައް ހަދައި ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ފުރަތަމަ ބެޗުގައި ހިމެނޭ 14 ރަށެއްގެ ޕާކު ސެޓުތައް މާލެ ގެނެސް، ރަށްރަށަށް ފޮނުވުމަށް އެސްއޯއީތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ހަތަރު ކުންފުންޏަކާއެެވެ. އެއީ ފެނަކަ، އެމްޓީސީސީ، އާރުޑީސީ އަދި އެސްޓީއޯއެވެ.
ފެނަކައާ ހަވާލުކޮށްފައިވަނީ ހަ ރަށެކެވެ. އެއީ ފީވަށް. މާޅެންދޫ، ނ. ކުޑަފަރީ، ނ. ހެންބަދޫ، މ. ވޭވަށް، މ. މަޑުއްވަރީއެވެ. މި ޕާކުތަކަށް ބޭނުންވާ ސެޓުތައް އެ ރަށްރަށަށް ފޮނުވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އާރުޑީސީއާ ހަވާލުކޮށްފައިވަނީ ނ. ކެނދިކުޅުދޫ، ނ. ވެލިދޫގެ ޕާކް ހަދާށެވެ. އެރަށްރަށަށް ބޭނުންވާ ޕާކުސެޓުތައް ފޮނުވައި އަމަލީ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ހަތަރު ރަށެއްގައި ޕާކް ގާއިމްކުރުމުގެ މަސައްކަތެވެ. އެއީ ޏ. ކޮމަންޑޫ، ނ. މަނަދޫ، ނ. ފޮއްދޫ އަދި ފ. ނިލަންދޫއެވެ. އެ ރަށްތަކުގެ ޕާކު ސެޓުތައް ފޮނުވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެސްޓީއޯ ހަވާލުކޮށްފައި ވަނީ ތ. ބުރުނި އަދި ހދ. ފިނޭއެވެ. އެ ރަށްތަކުގެ ޕާކު ސެޓުތައް ފޮނުވާފައިވާ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ. އަދި ނ. މަނަދޫގައި ޕާކު ގާއިމް ކުރުމުުގެ އަމަލީ މަސައްކަތްތައް މިހާރު ކުރިޔަށްގެންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް