ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގަދަ 16 ގައި މިއަދު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ރ. ދުވާފަރާއި ބ. އޭދަފުށި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަދަ 16 ގެ މެޗުތައް މިއަދު ހަވީރު ފަށާފައިވާ އިރު، ހަވީރު ކުޅުނީ ދެމެޗެވެ. ދުވާފަރުން ކުއާޓާ ޔަގީންކުރީ 5-3 އިން އައްޑޫ ހިތަދޫ ބަލިކޮށްގެންނެވެ. ރަނގަޅު ފޯމެއްގައި ކުޅެމުންދާ ދުވާފަރުން މިއަދުގެ މެޗުގައި ގޯލްތައް ޖެހީ މުހައްމަދު ނޫހު އިބްރާހީމާއި މުހައްމަދު ޖުމާން އަހުމަދުގެ އިތުރުން އިބްރާހީނމް އަނާން އަލީއާއި އަބްދުﷲ ލޫތު އިބްރާހީމް އަދި ހަސަން އަޒޫމް އަލީއެވެ.
ހިތަދޫގެ ގޯލްތައް ޖަހައިދިނީ ޝާޝް ޝަރީފާއި މުހައްމަދު ސަބާހް މަންސޫރެވެ. ޝާޝް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.
ކުރިން މުބާރާތް ކާމިޔާބުކޮށްފައިވާ ބ. އަތޮޅު ޗެމްޕިއަން އޭދަފުށިން ކުއާޓާ ފައިނަލް ޔަގީންކުރީ މާލޭގެ މައްޗަންގޮޅި ކަޓުވާލައިގެންނެވެ. އޭދަފުށިން އެމެޗު ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ އިތުރު މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުބާރާތުގެ ގަދަ 16 ގެ ބާކީ މެޗުތައް މިރޭ އޮންނާނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް