ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ބ. އަތޮޅުގެ ފުރަތަމަ މެޗުން ދަރަވަންދޫ މޮޅުވި އިރު، ދ. އަތޮޅުގެ ފުރަތަމަ މެޗުން މާއެނބޫދޫ މޮޅުވެއްޖެއެވެ.
ބ. އަތޮޅާއި ދ. އަތޮޅުންވެސް ކޮންމެ އަތޮޅަކުން ތިން ޓީމު މުބާރާތުގައި ވާދަކުރަމުންދާ އިރު، މާއެނބޫދޫން އެ އަތޮޅު ބަނޑިދޫ ކައިރިން އިއްޔެ މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާއެނބޫދޫގެ އަބްދުﷲ ޒާން ޒަހީން ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ އަހުމަދު ޝައިހާނާއި އަކްރަމް އަހުމަދު، މައިޝަން މުހައްމަދުގެ އިތުރުން އަލީ ޝާމިއުއެވެ.
ބ. އަތޮޅު ދަރަވަންދޫން އިއްޔެ ފެހެންދޫ ބަލިކުރީ 2-1 އިންނެވެ. އެމެޗުގައި ދަރަވަންދޫގެ ގޯލްތައް ޖެހީ ޝާފިއު ސުއޫދާއި ހުސައިން ނަސީމެވެ. ފެހެންދޫގެ ހަމައެކަނި ގޯލް ޖެހީ ހަސަން ޝައިން އަހުމަދު ޝަބީރެވެ.
އިއްޔެ ޅ. އަތޮޅުގެ އިތުރު މެޗުތަކެއްވެސް ކުޅެފައިވާ އިރު، ހިންނަވަރާއި ކުރެންދޫ ވާދަކުރި މެޗާއި ނައިފަރާއި އޮޅުވެލިފުށި ވާދަކުރި މެޗުވެސް ނިމުނީ ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. ބާކީ ކޮންމެ ޓީމަކަށްވެސް މެޗެއް އޮތް އިރު، އަތޮޅު ފައިނަލަށް ދިޔުމަށް ހަތަރު ޓީމަށްވެސް މިވަގުތު ފުރުސަތު އެބައޮތެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް