ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގދ. އަތޮޅު، އަތޮޅު ބުރުގައި ރޭ މަޑަވެލިން ގައްދޫ ބަލިކުރި އިރު، ފިޔޯރީއާއި ރަތަފަންދޫ އެއްވަރުވެއްޖެއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން އިއްޔެ ހަވީރު ފަށާފައިވާ އިރު، ރޭ ވަނީ ގދ. އަތޮޅުގެ އަތޮޅު ބުރުވެސް ފަށައިފައެވެ. އެ އަތޮޅުން ހަ ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭގައި ގައްދޫ ކައިރިން މަޑަވެލި ރޭ މޮޅުވީ 2-1 އިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ގައްދޫގެ އަހުމަދު ރިފްޝާން ގޯލެއް ޖަހާފައި އޮތް ނަމަވެސް، މަޑަވެލިން އެ ނަތީޖާ އަނބުރާލީ ކޮންމެ ހާފެއްގެ ފަހު ވަގުތު ގޯލްތައް ޖަހައިގެންނެވެ. އެ ގޯލްތައް ޖެހީ ޔައިޝް މުސްތަފާއާއި މުހައްމަދު މުއާދެވެ.
އެ އަތޮޅު ގްރޫޕް ބީގައި ފިޔޯރީއާއި ރަތަފަންދޫ ރޭ އެއްވަރުވީ، 2-2 އިންނެވެ.
މެޗުގައި ފިޔޯރީގެ ދެ ގޯލްވެސް ޖެހީ އަބްދުﷲ މަހީލް މުއްތަލިބެވެ. ރަތަފަންދޫގެ ގޯލްތައް ޖަހައިދިނީ ރައުފް ވަހީދާއި މުހައްމަދު މަޒީން ނިޒާއެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް