ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަ 1،000 މީހަކު އެއްފަރާތް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ވާހަކަދައްކަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި، މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފްރޮންޓްލައިންގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް އެންމެ ގިނައިިން ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ވައްކަމުގެ މައްސަލަ ގިނަވާން މެދުވެރިވާ ދެ ސަބަބެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެއީ ވައްކަމުގެ މައްސަލަތަކުގައި ތަކުރާރުކޮށް ކުށްކުރާ މީހުން ހިމެނުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 1،000 އެއްހާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"1،000 މީހުން ހަމަ ގާތްގަނޑަކަށް ހަމަ ހުރިހާ ވައްކަންތަކެއްގައި ޝާމިލުވަނީ. އަދި ހަމަ އޭގެ އިތުރުން ދެން މި ހުންނަނީ ފުރުސަތު ލިބިގެން ކުރާ ވައްކަން. އެންމެ ގިނައިން މި ހުށަހެޅެނީ ސައިކަލު ވައްކަން،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެފަދަ މީހުން މަގުމައްޗަށް ދޫވެފައި ތިބުމަކީ ވައްކަމުގެ ކުށްތައް އިތުރުވާ މައިގަނޑު އެއް ސަބަބު ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހާއި ކުރިމިނަލް ކޯޓާ ވާހަަކަދައްކަމުންދާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެެވެ.
"މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން، ހަމަ ރިޕީޓް އޮފެންޑާސް ތެރޭގައި އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން، މީގެ ތެރެއިން ހުކުމެއް އަންނަ މީހުން މުޖުތަމައުން އެއްފަރާތް ކުރުމަށްޓަކައި އަވަހަށް ހުކުމް ކުރުމުގެ މަސައްކަތެއް،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ މިއަހަރުގެ ތެރޭގައި ތަކުރާރުކޮށް ކުށްކުރާ 50 މީހަކު ހައްޔަރުކޮށް 586 ފަހަރު އެފަދަ މީހުންނާ ސުވާލުކޮށްފައިވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 128 ފަހަަރު ހައްޔަރުކޮށް، 1،012 ފަހަރު ސުވާލުކޮށްފައި ތިބި މީހުން ވެސް އެބަތިބި ކަމަށެވެ.
ވައްކަމުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލް ވަގަށް ނެގުމުގެ މަައްސަލަތައް ކަމަށާއި އެ ވައްކަން އެހާ ވަރަށް އިތުރުވަނީ ސައިކަލުގެ ޝަޓަރު ތަޅުނުލައި ހުރުމުގެ ސަަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް