މިއަހަރުގެ މިހާތަނަށް 865 މިލިއަން ރުފިޔާ މަސްތުވާތަކެތި އަތުލައިގަނެ 951 މީހަކު ހައްޔަރުކޮށްފިއެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދާ ހަމައަށް އައި އިރު 14،950 މީހެއްގެ ހަށިގަނޑު ބަލައިފާސްކޮށްފައިވާ ކަމަށާއި އަދި 951 މީހަކު މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

"އަދި ޑްރަގް އެންފޯސްމެންޓުން 181 އޮޕަރޭޝަނެއް ރާއްޖޭގަ ހިންގިފަވޭ. އޭގެ އިތުރުން އިމިގްރޭޝަނާ އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާނެ ބިދޭސީން މި ޑްރަގް ކަންތައްތަކުގެ އުޅޭތީ 121 މީހަކު ވާނީ އިމިގްރޭޝަނާ ހަވާލުކުރެވިފަ. އަދި އޭގެ އިތުރުން މި ޑްރަގް ވަބައިގައި ޖެހިގެން އުޅޭ 291 ފަރާތެއްވާނީ އެންޑީއޭ ރިހެބަށްވެސް ހަވާލުކުރެވިފަ. އަޅުގަނޑުމެން މިއަހަރުގެ ތެރޭގައި ރާއްޖޭގެ މަގުމަތީ މިވެލިއު ކަމަށްވާ، އަޅުގަނޑުމެން މި ހަދާލައިގެން މީ ގެންގުޅޭ ވެލިއުކަމަށްވަންޏާ 865 މިލިއަން ރުފިޔާގެ ޑްރަގު މިއަހަރުބ ތެރޭގައި އަޅުގަނޑުމެންވަނީ ސީޒް ކުރެވިފަ" ނަވީން ވިދާޅުވިއެވެ.

ނަވީސް ވިދާޅުވީ މަސްތުވާތަކެތީގެ 725 ކޭސްއެެއް ލޮޖް ކުރެވިފައިވާއިރު އޭގެ ތެރެއިން 263 ކޭހެއް މިހާރުވަނީ ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފައި ކަމަށް ނަވީން ވިދާޅުވިއެވެ.