އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދި އިރު، ޗެލްސީއާއި ލިވަޕޫލް ކުޅުނު މެޗުތަކުންވެސް ބަލިވެއްޖެއެވެ.
ޗެލްސީން ރަނގަޅު ފޯމެއް ދަމަހައްޓަމުން އައިސް، ރޭ ލީގު މެޗުގައި ސަންޑަލޭންޑް އަތްދަށުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ސަންޑަލޭންޑުން ޗެލްސީ ބަލިކުރީވެސް ފަހަތުން އަރައެވެ. މެޗުގެ ކުރީކޮޅުގައި އެލެހާންޑްރޯ ގާނާޗޯގެ ގޯލުން ޗެލްސީ ލީޑު ނަގާފައިވާ އިރު، އެ ގޯލަކީ ޔުނައިޓެޑުން ބަދަލުވިފަހުން އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.
އެ ގޯލާއެކު ޗެލްސީން އިތުރު ގޯލްތައް ޖަހާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ 22 ވަނަ މިނެޓުގައި މެޗު އެއްވަރުވިއެވެ. ވިލްސަން އިސިޑޯ ޖެހި ގޯލުން ސަންޑަލޭންޑް މެޗު ހަމަހަމަ ކުރި އިރު، ދެވަނަ ހާފުގެ ބޮޑުބައެއްގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ.
އެެހެން އޮވެ މެޗު އެއްވަރުވާން ދަނިކޮށް، ސަންޑަލޭންޑުން މެޗުގެ ފަހު މިނެޓުގައި މޮޅުވީ ބަދަލަކަށް ނުކުތް ޗެންސްޑީން ތަލްބީ ޖެހި ގޯލުންނެވެ.
ރޭގެ މެޗުން ބަލިވުމާއެކު ޗެލްސީ ވަނީ ލީގު ތާވަލުގެ 8 ވަނައަށް ސޮއްސާލައިފައެވެ. އެޓީމަށް ނުވަ މެޗުން ހޯދުނީ 14 ޕޮއިންޓެވެ.
ލިވަޕޫލުން ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ނުކުމެ، އެ މެޗުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލަށް މިހާރު ލީގުގައި އޮތީ އުނދަގޫ ހާލަތެއް ކުރިމަތިވެފައެވެ.
އެންމެފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން އެޓީމު ބަލިވެފައިވާ އިރު، ލީގުގައި އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމު ވަނީ ތާވަލުގެ ހަވަނައަށް ސޮއްސާލައިފައެވެ.
ފުރަތަމަ ހާފުގައި ޑަންގޯ އޮއުޓާރާއި ކެވިން ޝޭޑް ޖެހި ގޯލްތަކުން ބްރައިޓަން ދެ ގޯލްގެ ލީޑެއް ނެގި ނަމަވެސް، މިލޯސް ކާކޭޒްގެ ގޯލަކުން ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާގައި މެޗު އޮއްވާ 60 ވަނަ މިނެޓުގައި ބްރައިޓަންއަށް ޕޮއިންޓެއް ލިބި، ލިވަޕޫލްގެ ހާލަތު އުނދަގޫވިއެވެ. އީގޯ ތިއާގޯގެ ޕެނަލްޓީން ބްރައިޓަން އަނެއްކާވެސް ލީޑު ފުޅާކުރި އިރު، ފަހުކޮޅުގައި އަނެއްކާވެސް މުހައްމަދު ސަލާހް ޖެހި ގޯލުން ލިވަޕޫލް އުންމީދެއް ހޯދިއެވެ.
އިތުރު ގޯލަކަށް ފަހުވަގުތު މަސައްކަތް ކުރި ނަމަވެސް، އެ ގޯލް ނުފެނި މެޗު ނިމުނީ ލިވަޕޫލަށް މާޔޫސްކަމުގައެވެ.
ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވި އިރު، މިއީ އާ ކޯޗު ރުބެން އަމޯރިމްއާއެކު އެކަން ކުރެވުނު ފުރަތަމަ ފަހަރެވެ.
ރޭ ޔުނައިޓެޑުން 4-2 އިން ބްރައިޓަން ބަލިކުރުމާއެކު އެޓީމު ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. އެއީ 9 މެޗުން 16 ޕޮއިންޓާއެކުގައެވެ.
ފުރަތަމަ ހާފުގައި މަތެއަސް ކޫންޏާއާއި ކަސެމީރޯގެ ގޯލްތަކުން ޔުނައިޓެޑް ދެ ގޯލްގެ ލީޑެއް ނަގާފައިވެއެވެ. ރަނގަޅު ފޯމެއްގައި ފަށައި، ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. ތިންވަނަ ގޯލް ޖަހައިދިނީ ބްރައިން އެމްބުއޭމޯއެވެ.
އޭގެފަހުން ޔުނައިޓެޑަށް ހާސްކަމާ ކުރިމަތިވިއެވެ. ބްރައިޓަންއިން ފަހަތުން އަރައި ދެ ގޯލް ޖެހުމުންނެވެ. ޑެނީ ވެލްބެކް 74 ވަނަ މިނެޓުގައި ގޯލެއް ޖަހައި ދެ ގޯލަށް ފަރަގު ކުޑަކޮށްދިން އިރު، ޗަރަލަމްޕޯސް ކޮސްޓޫލަސް ވަނީ 92 ވަނަ މިނެޓުގައި ބްރައިޓަންއަށް އިތުރު ގޯލެއް ޖަހައިދީފައެވެ.
ޔުނައިޓެޑުން މެޗުން ތިން ޕޮއިންޓް ޔަގީންކުރީ އެމްބުއޭމޯ ފަހު މިނެޓު ޖެހި ގޯލާވެސް އެކުގައެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު