ދުނިޔޭ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ދެންމެ ރާއްޖެ ވަޑައިގެންފިއެވެ.
އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން އެއާޕޯޓުގައި ސަގާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެއާއެކު ގައުމީ ފުޓްސަލް ޓީމާއި ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންގެ އިތުރުން އެކަޑެމީތަކުގެ ކުޅުންތެރިންވެސް ވަނީ އެއާޕޯޓަށް ގޮސްފައެވެ.
އެފްއޭއެމްގެ އިސްވެރިންނާއި ސަރުކާރުގެ އިސް ވެރިންވެސް އިންފަންޓީނޯއަށް މަރުހަބާ ދަންނަވާފައިވާ އިރު، މިއީ މިދިޔަ 19 އަހަރު ތެރޭގައި ރާއްޖެއަށް ފީފާ ރައީސަކު ވަޑައިގަތް ފުރަތަމަ ފަހަރެވެ.
މީގެ ކުރިން 2006 ވަނަ އަހަރު ސެޕް ބްލެޓާ ރާއްޖެ ވަޑައިގެންފައިވާ އިރު، އެފަހަރު ކުރެއްވި ދަތުރުފުޅަކީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
އިންފަންޓީނޯގެ ދަތުރުގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅައިގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން މިއަދު ހަވީރު 4:00 ގައި ގައުމީ ދަނޑުގައި އޮންނަ މެޗެއްގައި ރައީސް މުއިއްޒުގެ ޓީމަކާ ދެކޮޅަށް ކުޅުއްވާނެއެވެ.
އެ މެޗު ކުރިއަށް ގެންދަން ރާވާފައި ވަނީ ހާއްސަ ފެސްޓިވަލެއްގެ ތެރެއިންނެވެ. އިންފަންޓީނީގެ ޓީމުގައި އިޓަލީ ގައުމީ ޓީމުގެ ލެގެންޑް، މާކޯ މަޓަރާޒީވެސް ހިމެނޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ
ފީފާ
ފީފާ
ފީފާ