ފީފާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް ނަމަވެސް، އެ މަގާމުގައި ހުންނަވާނީ އެންމެ ދައުރަކު ކަމަށާއި، ދެން އޮންނަ ދައުރަކަށް ވާދަ ނުކުރައްވާނެ ކަމަށް އުކުރިއަށް އޮތް ފީފާ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ޖަޕާނު ފުޓުބޯޅަ އިދާރާގެ އޮނަރަރީ ރައީސް ކޯޒޯ ޓަޝިމާ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު އޮންނަ ފީފާ އިންތިހާބުގައި ވާދަކުރަނީ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ފްރާންސް ފުޓުބޯޅަ އިދާރާގެ ރައީސް ފިލިޕޭ ޑިއާލޯއާއި ޖަޕާން ފުޓުބޯޅަ ފެޑަރޭޝަންގެ އޮނަރަރީ ރައީސް ޓަޝިމާއެވެ.
މިއީ މިހާރު ފީފާގެ ހުރި ރައީސް އިންފަންޓީނޯއަށް ފީފާގެ ރައީސް ކަމަށް ޗެލެންޖަކާ ކުރިމަތިވި ފުރަތަމަ ފަހަރެވެ. 2016 ވަނަ އަހަރުން ފެށިގެން އިންފަންޓީނޯ ފީފާގެ ރައީސްކަމުގައި ހުރި އިރު، އޭނާ ފުރަތަމަ މަގާމާ ހަވާލުވީ ސެޕް ބްލެޓާ ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން މިއީ އިންފަންޓީނޯ އާންމު އުސޫލުގެ ދަށުން އިންތިހާބު ވެގެން ފީފާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. ކުރިން ފަހަރު އިންފަންޓީނޯ މަގާމާ ހަވާލުވެލެއްވީ ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާއެއްގެ އަގުލަބިއްޔަތުންނެވެ.
ޓަޝިމާ ވިދާޅުވީ ފީފާގެ ރައީސްކަމަށް ވާދަކުރައްވަން ތައްޔާރުކުރައްވާ މެނިފެސްޓޯ ތައްޔާރުކުރަމުންދާ ކަމަށާއި، މިހާރުވެސް ޔަގީންކޮށް ބުަނަން ކެރޭނެ އެއް ވާހަކައަކީ ދެވަނަ ދައުރެއްގެ ވިސްނުން ނުގެން ގުޅުއްވާކަމުގެ ވާހަކަ ކަމަށެވެ.
"އަހަރެން ޔަގީންކޮށް ބުނަން ބޭނުންވާ އެއް ވާހަކައެއް އެބައޮތް. އަހަރެން މަގާމަށް އިންތިހާބުވިޔަސް، އެއް ދައުރު ފުރިހަމަ ކުރުމަށްފަހު ދެން ވާދައެއް ނުކުރައްވާނަން. އެއީ ހަތަރު އަހަރުގެ ދައުރެއް ނިމުމުން އެހިސާބުން ދުރަށް ޖެހިލާނަން،" ޓަޝިމާ ވިދާޅުވިއެވެ.
ނަވާރަ ސަތޭކަ ހަތަރު ވަނަ އަހަރު ފީފާ ވުޖޫދުވިފަހުން މިހާތަނަށް ނުވަ މީހަކު އެ އިދާރާގެ ރައީސްކަން ކޮށްފައިވެއެވެ. އޭގެ ތެރެއިން 10 ފަރާތަކުން ވަނީ 10 އަހަރަށްވުރެ ގިނަ ދުވަހު ރައީސްކަމުގައި ހުރެފައެވެ. އެގޮތުން ފްރާންސްގެ ޖޫލް ރިމޭ ވަނީ 33 އަހަރު ފީފާ ރައީސްކަން ކުރައްވައިފައެވެ. އެއީ 1921 އިން 1954 އަކަށެވެ.
ފީފާގެ ރައީސްކަމުގައި އެންމެ ގިނަވެގެން ހުރެވޭނެ މުއްދަތަކީ 12 އަހަރު ކަމަށް ކަނޑައެޅީ 2015 ވަނަ އަހަރުއެވެ. އެއީ އޭރު ހިނގާދިޔަ ކޮރަޕްޝަންގެ މައްސަލަތަކެއްގެ ސަބަބުންނެވެ.
ކޮމެންޓް