ޗެލްސީއަށް ކުޅެމުންދާ ނިކޮލަސް ޖެކްސަން، ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ޗެލްސީން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖޮއާއޯ ޕެޑްރޯއާއި ލިއަމް ޑެލަޕް ކްލަބަށް ގެންގޮސްފައިވާ އިރު، ކުރިން ފުރިހަމަކޮށްފައިވާ ޓްރާންސްފާއެއްގެ ދަށުން ވިލިއަމް އެސްޓެވާއޯވެސް މިހާރު ވަނީ އެ ކްލަބާ ގުޅިފައެވެ.
އެ ޓްރާންސްފާތަކާއެކު ކުރިން އެޓީމުގައި ކުޅެމުން ދިޔަ ދެ ފޯވަޑުން ކަމަށްވާ ޖެކްސަންއާއި ކްރިސްޓޮފާ އެންކުންކޫވެސް ކްލަބު ދޫކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ކޯޗު އެންޒޯ މަރެސްކާގެ ޕްލޭނުން ޖެކްސަން ބޭރުވެފައިވާ ކަމަށް ނޫސްތައް ޔަގީންކޮށްދޭ އިރު، މަރެސްކާވެސް ވަނީ އެވާހަކަ ނުސީދާކޮށް ނޫސްތަކަށް ބުނެފައެވެ.
އުމުރުން 24 އަހަރުގެ ޖެކްސަން، މިދިޔަ ސީޒަނުގައި 30 މެޗު ކުޅެ، 10 ގޯލު ޖަހައި ފަސް އެސިސްޓް ފުރިހަމަކޮށްފައިވެއެވެ. ޖެކްސަންގެ ގޯލު ރޭޓް ގޯސް ނޫން ނަމަވެސް، ގިނަ ފުރުސަތުތަކެއް ގެއްލިގެންދާތީ އެކަމުގެ ފާޑު ކިޔުންތަށް އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.
އެ ހާލަތުގައި ޖެކްސަން ހުރި އިރު، އިތުބާރު ނޫސްތަކުން ބުނީ ބަޔާނުން ޖެކްސަން ގެންދަން އެއްބަސްވުމަކަށް އައިސް، މިހާރު ދަނީ ދެކްލަބުން މަޝްވަރާކުރުން ކަމަށެވެ. ބަޔާނުން ލޯނެއްގައި ޖެކްސަން ގެންދަންވެސް ބައެއް މަސައްކަތްތައް ކުރާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެޓީމުން އޭނާ ގެންދަނީ ހެރީ ކޭންގެ ބެކަޕް ފޯވަޑެއްގެ ގޮތުގައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް