ޗެލްސީ ދޫކޮށްލެވެން ދެން ބައެއް މުހިއްމު ކުޅުންތެރިން ޓީމާ ވަކިން ތަމްރީނުތައް ކުރަމުންދާ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ޗެލްސީން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖޮއާއޯ ޕެޑްރޯއާއި ލިއަމް ޑެލަޕް ކްލަބަށް ގެންގޮސްފައިވާ އިރު، ކުރިން އެޓީމުގައި ކުޅެމުން ދިޔަ ދެ ފޯވަޑް ކަމަށްވެސް ނިކޮލަސް ޖެކްސަންއާއި ކްރިސްޓޮފާ އެންކުންކޫއަށް ވަނީ އިތުރު ގޮތެއް ހޯދަން ޖެހިފައެވެ.
ކޯޗު މަރެސްކާވެސް އެކަން ގަބޫލުކުރާ އިރު، މިރޭ ވެސްޓް ހަމްއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ޖެކްސަން ސްކޮޑުގައި ނުހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.
"ޖެކްސަން ހުރީ ފިޓްކޮށް، އެހެންވިޔަސް އޭނާ މިރޭގެ ސްކޮޑުގައި ނުހިމެނޭ،" މަރެސްކާ ބުންޏެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ ސެނެގާލް ފޯވަޑް ޖެކްސަންއާއި އެންކުންކޫގެ އިތުރުން ބެން ޗިލްވެލްއާއި ރަހީމް ސްޓާލިންވެސް ތިބީ އެއް ހާލަތެއްގައެވެ. މަރެސްކާ ބުނީ އެ ހުރިހާ ކުޅުންތެރިންވެސް ވަކިން ތަމްރީނުކުރަނީ "ހައްލެއް ހޯދަން މަޑުކުރާތީ،" ކަމަށެވެ.
އިރުބާރު ނޫސްތަކުން ބުނީ ޖެކްސަން ޗެލްސީ ދޫކޮށްލަން މަސައްކަތް ކުރާ ކަމަށާއި، އޭނާއަށް އެސްޓަން ވިލާއިން ޝައުގުވެރިވާ ކަމަށެވެ. އެސްޓަން ވިލާއިން ޖެކްސަން ހޯދުމަށް ބައެއް މަޝްވަރާތައް ކުރަމުންދާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، އެ ޓީމުގެ ކޯޗަކީ ކުރިން ވިލަރެއާލްގައި ޖެކްސަންއަށް ކޯޗުކޮށްދިން އުނައި އެމެރީއެވެ.
އަނެއްކޮޅުން އެންކުންކޫ، 27، އަނބުރާ ކުރީގެ ކްލަބު އާރްބީ ލެއިޕްޒިގަށް ގެންދަން އެ ކްލަބުން ވާހަކަ ދައްކަމުންދާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އޭގެ އިތުރުން އޭނާ ހޯދުމަށް ބަޔާން މިއުނިކުން މަސައްކަތް ކުރާތަންވެސް ނޫސްތައް ބުނެފައިވެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ