އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލުން ސްޕެއިންގެ ވެލެންސިއާ ޑިފެންޑަރު ކްރިސްޓިއަން މޮސްކޭރާގެ ޑީލް ނިންމައި، ސްޕޯޓިން ލިސްބަންގެ ފޯވަޑް، ވިކްޓޯ ޔޯކެރޭޝްގެ ޑީލްވެސް ނިންމަން ތައްޔާރުވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.
އާސެނަލުން މިހާތަނަށް ޓްރާންސްފާ މާކެޓްގައި އެކްޓިވްކޮށް ފެނިގެންދާ އިރު، އެޓީމުން ވަނީ ކެޕާ އަރީޒާބަލާގާ އާއި މާޓިން ޒުބިމެންޑީ އަދި ކްރިސްޓިއަން ނޯގާޑްގެ ޓްރާންސްފާތައް އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން ޗެލްސީގެ ނޮނީ މަޑުއޭކޭގެ ޑީލްވެސް ނިމުމަކާ ގާތަށް ޖެހިލާފައިވާ އިރު، ނޫސްތަކުން ބުނީ ޔޯކެރޭސްވެސް މިހާރު މެޑިކަލްއަށް ތައްޔާރުވެފައިވާ ކަމަށެވެ.
ރެއާލް މެޑްރިޑުންވެސް ލޯ އަޅަމުން ދިޔަ އުމުރުން 21 އަހަރުގެ މޮސްކޭރާ އާސެނަލަށް ބަދަލުވާން އެއްބަސްވި އަގެއް ކަމަށް ސްކައި ސްޕޯޓްސްއިން ރިޕޯޓު ކޮށްފައި ވަނީ 13 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް، އިތުރު ބައެއް ހަރަދުތައް އާސެނަލުން އެ ޑީލަށް ކުރާނެ ކަމަށް ސްކައި ސްޕޯޓްސްއިން ބުނެފައިވެއެވެ.
ސްޕެއިންގައި ދިރިއުޅެމުންދާ ކޮލަމްބިއާގެ ދެމަފިރިންނަށް ލިބިފައިވާ މޮސްކޭރާ ވެލެންސިއާއާ ގުޅުނީ އެންމެ 12 އަހަރުގައެވެ. އޭގެފަހުން އެ ކްލަބަށް 90 މެޗު ކުޅެފައިވާ އިރު، މޮސްކޭރާއަކީ ސެންޓަ ބެކެކެވެ. އޭގެ އިތުރުން ސައިޑް ބެކެއްގެ ގޮތުގައިވެސް މޮސްކޭރާ ބޭނުންކުރެވޭނެ ކަމަށް ނޫސްތައް ބުނެއެވެ.
މޮސްކޭރާއާއެކު އާސެނަލުން ފަސް އަހަރު ދުވަހުގެ އެއްބަސްވުމަކަށް ގޮސްފައިވާ އިރު، އެޓީމުން އުންމީދު ކުރަނީ އޭޝިއާއަށް ކުރާ ޕްރި ސީޒަން ދަތުރުގެ ކުރިން ޓްރާންސްފާ ކަންކަން ނިންމޭނެ ކަމަށް ކަމަށްވެސް ނޫސްތައް ބުނެއެވެ.
ދެން އާސެނަލުން ހޯދަން މަސައްކަތް ކުރާ ޔޯކެރޭޝް، 27، ޕޯޗުގަލްގެ ސްޕޯޓިންއަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު 102 މެޗުން 97 ގޯލު ޖަހައިދީފައިވެއެވެ. އޭނާއަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ފޯމު ރަނގަޅު އެއް ފޯވަޑެވެ.
ޔޯކެރޭޝް ހޯދަން އާސެނަލުން ކުރި މަސައްކަތުގައި ސްޕޯޓިންނާއެކު އެއްބަސްވެފައިވާ އަގަކީ 64.2 މިލިއަން ޕައުންޑްގެ އަގެކެވެ. ނޫސްތައް ބުނީ އެ އަގަށް ދެ ކްލަބުން އެއްބަސްވެ، މިހާރު ކުރިއަށް ދަނީ އާސެނަލާއި ކުޅުންތެރިޔާއާ ދެމެދު ކުރިއަށްދާ މަޝްވަރާތައް ކަމަށެވެ.
ޓްރާންސްފާ ވިންޑޯ ފެށުނުއިރުން ފެށިގެންވެސް ޔޯކެރޭޝް އަބަދުވެސް ބުނަމުން ދިޔައީ އޭނާ ދާން ބޭނުންވަނީ އާސެނަލަށް އެކަނި ކަމަށެވެ. އެހެންކަމުން މިވަގުތު އެ ޓްރާންސްފާވެސް ފުރިހަމަ ކުރުމާ އާސެނަލް އޮތީ ވަރަށް ގާތުގައި ކަމަށް ނޫސްތައް ބުނެއެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް