އާސެނަލަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ނިންމައިފި ކަމަށް އިތުބާރު ނޫސްތަކުން ޔަގީންކޮށްދީފިއެވެ.
ބީބީސީ ސްޕޯޓްސްއިން ބުނެފައި ވަނީ އާޓެޓާއާއި އާސެނަލުން މި ސީޒަނުގެ ކުރިންވެސް މަޝްވަރާތައް ކުރަމުން އައި ކަމަށާއި، މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އާސެނަލާއެކު މިހާރު އާޓެޓާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، ނޫސްތަކުން ބުނީ އޭނާ މިހާރު އެއްބަސްވެފައި ވަނީ ކުރިއަށްވުރެ މުސާރަ ބޮޑު އެއްބަސްވުމަކަށް ކަމަށެވެ.
ހަބަރުތައް ބުނަނީ އޭނާ މިހާރު އެއްބަސްވެފައިވާ އާ ކޮންޓްރެކްޓްގެ މުއްދަތު ނޭނގޭ ކަމަށެވެ. އަދި މިހާރު އަހަރެއްގެ މައްޗަށް އާޓެޓާއަށް 10 މިލިއަން ޕައުންޑް ޖެހޭ އިރު، ހަބަރުތައް ބުނަނީ އެއްބަސްވީ އެއަށްވުރެ ބޮޑު މުސާރައަކަށް ކަމަށެވެ. ސޮއިކުރުމުގެ ބޯނަސްއަކަށް ފަސް މިލިއަން ޕައުންޑް ދޭންވެސް އާސެނަލުން އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
އާޓެޓާ 2019 ވަނަ އަހަރު ޑިސެމްބަރު މަހު އާސެނަލާ ހަވާލުވެފައިވާ އިރު، އޭނާއާއެކު އެ ކްލަބުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލަށް އާސެނަލަށް ދިޔުމުގެ އިތުރުން ޕްރިމިއާ ލީގު ކާމިޔާބުކުރުން ހިމެނެއެވެ. އެއީ މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައިވެސް އާސެނަލަށް ލިބުނު ފުރަތަމަ ލީގު ތަށްޓެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް
ކޮމެންޓް