ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނު ބަލިކޮށް، ޕޯޗުގަލް އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ޖަރުމަނުގެ އަލިއާންޒް އެރީނާގައި ކުޅުނު މެޗުގައި ޕޯޗުގަލް އިން 2-1 އިން މޮޅުވި އިރު، ޕޯޗުގަލް އެ މެޗުން މޮޅުވީ ފަހަތުން އަރަ އެވެ. މެޗުން ޕޯޗުގަލް މޮޅުވި ގޯލު ޖެހީވެސް އެ ޓީމުގެ 40 އަހަރުގެ ފޯވަޑް، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައި ދިން 137 ގޯލާއެކު ރޭ ޕޯޗުގަލް މޮޅުވި އިރު، އެ ޓީމު ކޮޅަށް ފުރަތަމަ ހާފުގައި ޖަރުމަނުން ގޯލު ޖެހި އެވެ. ޖަރުމަނުގެ ގޯލު ޖަހައި ދިނީ ލިވަޕޫލަށް ބަދަލުވާން ތައްޔާރުވަމުންދާ ފްލޯރިއަން ވާޓްސް އެވެ. އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ޖޯޝުއާ ކިމިކެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބު ކުރި ޕޯޗުގަލް އިން މެޗު އަނބުރާލީ ފަހު ހާފުގައެވެ.
ބަދަލަކަށް ނުކުތް ފްރެންސިސްކޯ ކޮންސެކާއޯ ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު، އެ ގޯލަށް ފަސް ވަރަކަށް މިނެޓް ވީތަނާ، ޕޯޗުގަލް އިން މޮޅުވި ގޯލު ޖެހިއެވެ. އޭރިއާ ތެރެއަށް ނެގި ހުރަސް، ރޮނާލްޑޯ ހުސްކޮށް އޮވެ، ގޯލަށް ވައްދާލި އިރު، ފަހު ވަގުތު ޖަރުމަނުގެ ކަރީމް އަދެޔާމީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު